އަޟްހާ އީދު އަންނަން ދެން މާގިނަ ދުވަހެއް ނެތެވެ. އީދާ ދިމާކޮށް ދިވެހިން އަބަދު ވެސް ކުރާ ކަމަކީ އީދު ނަމާދަށް ދިޔުމަށް އާ ހެދުމެއް ލުމެވެ. އަދި އީދު ދުވަހު ވެސް އެ އާ ހެދުން ލައިގެން ފޮޓޯ ނެގުމާއި ސްޓޯރީތައް އަޕްލޯޑް ކުރުމެވެ. ނުވިތަކާއި އާއިލާ މެމްބަރުންނާއެކު ފޮޓޯތައް އެކި ދިމަދިމާލަށް އީދު ހެދުން ލައިގެން ގޮސް ނަގައި ހަދައެވެ. އަދި ގޭގެ ގްރޫޕަށް ވެސް އެ ފޮޓޯތައް އަޅައެވެ. އަޟްހާ އީދާއި ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކަމަށް ސަރުކާރުން ވެސް ވަނީ ކަނޑައަޅާފައެވެ. މިއާއި އެކީ އެ ހަފްތާގެ 7 ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއި އެކީ 9…